ބޮޑުތަކުރުފާނު މަގު ބާޒާރުމަތި ސަރަހައްދުގައި ދެ ސައިކަލު ޖެހި ރޭ ހިނގި އެކްސިޑެންޓެއްގައި ޒުވާނަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ބުނި ގޮތުގައި މި ހާދިސާ ހިނގައިގެން ރޭ 10:15 ހާއިރު ރިޕޯޓުކޮށްފައިވާއިރު، މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ 19 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އޭނާއަށް އައިޖީއެމްއެޗްގައި ފަރުވާދީފައިވާއިރު، ލިބިފައިވަނީ ސީރިއަސް އަނިޔާއެއް ނޫން ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން މައުލޫމާތު ދީފައިވެއެވެ.
Advertisement
މީގެ އިތުރުން، މި އެކްސިޑެންޓުގައި ހިމެނޭ އެއް ސައިކަލު ދުއްވާފައިވަނީ ލައިސަންސް ނެތް ބަންގްލަދޭޝް ފިރިހެނެއް ކަމަށް ފުލުހުން ބުނެފައިވާއިރު، މި މައްސަލަދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.
މި ލިޔުން ކިޔާލުމުން



