ހުޅުމާލެ ފޭސް 2 ގެ އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި ނުރައްކާތެރި ހާދިސާއެއް ހިނގައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި، މި ހާދިސާ ހިނގައިގެން ރިޕޯޓުކޮށްފައިވަނީ މިއަދު މެންދުރު 2:26 ހާއިރެވެ. އަދި އެ ރިޕޯޓާ ގުޅިގެން ފުލުހުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.
Advertisement
މި ހާދިސާގައި ވެއްޓިފައިވަނީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި، އޭނާ ވެއްޓިފައިވަނީ އަމާން އުދަރެސް 8 ވަނަ ޓަވަރުގެ 15 ވަނަ ފަންގިފިލާއިން ކަމަށް ބެލެވޭ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ. އަދި އެ ޒުވާނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ވަނީ ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ކަށަވަރުކޮށްދީފައިވެއެވެ.
ފުލުހުން ދަނީ މި ހާދިސާއާ ގުޅޭ އިތުރު ތަފުސީލުތައް ބަލަމުންނެވެ.
މި ލިޔުން ކިޔާލުމުން



