މެލޭޝިއާގެ ޓެއިލާސް ޔުނިވަރސިޓީގައި މަތީ ތައުލީމު ހާސިލުކުރަމުންދިޔަ އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވާ އުމުރުން 21 އަހަރުގެ އާމިނާ އިމީލީ ނާޒިމް، މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވުމަކީ މުޅި ރާއްޖެއަށް ލިބުނު ފުން ހިތާމައެކެވެ.
މި ހާދިސާ ހިނގާފައިވަނީ ކުއާލަލަމްޕޫރުން ވިޔަފާރިކުރުމަށްފަހު، 'ގްރެބް' ކާރެއްގައި އެނބުރި ގެއަށް ދިޔަ މަގުމަތީގައެވެ. ދެ ކާރު ޖެހި ހިނގި މި އެކްސިޑެންޓުގައި ކާރު ފުރޮޅާލައި، އިމީލީގެ ބޮލަށް ލިބުނު ބޮޑެތި އަނިޔާތަކާ ހެދި އޭނާ ވަނީ ހާދިސާ ހިނގި ތަނުގައި ނިޔާވެފައެވެ. ނަމަވެސް، ކާރުގައި އިން އަނެއް ދިވެހި ދަރިވަރުގެ ހާލު ރަނގަޅެވެ.
މެލޭޝިއާގެ ކަމާބެހޭ އިދާރާތަކުން މަރުގެ ތަހުގީގު ކުރިއަށްގެންދިއުމަށް 10-15 ދުވަހުގެ މުއްދަތެއް ނަގާނެތީ، އާއިލާއިން މެލޭޝިއާއަށް ދާންޖެހިފައިވެއެވެ. ނަމަވެސް، އެޤައުމުގައި ތިބުމާއި ދަތުރުފަތުރުގެ ޚަރަދުތައް ހަމަޖެއްސުމަށް ބޮޑު މާލީ ހޭދައެއް ހިނގާނެތީ، އެވަރުގެ މާލީ ތަނަވަސްކަމެއް ނެތުމުން އާއިލާއިން ވަނީ އާންމުންގެ އެހީތެރިކަމަށް އެދިފައެވެ.
އެހީތެރިކަން ފޯރުކޮށްދިނުމަށް:
- ރުފިޔާ އެކައުންޓް: 7708230767001/ ޝަރޫނާ ލަބީބް(އިމިލީގެ މަންމަ)
- ޑޮލަރު އެކްއުންޓް: 7730000676326 / މުޙްއްމަދު ނާޒިމް(އިމިލީގެ ބައްޕަ)
9558769/މަޒީނާ ލަބީބް އަށް އިތުރު މައުލޫމާތު ހޯދެއްވުމަށް ގުޅުއްވުމަށް އައިލާގެ ފަރާތުން ވަނީ އެދިފައެވެ.
މި ލިޔުން ކިޔާލުމުން



