ޕާސްޕޯޓު ބުކްލެޓުގެ އައު ސްޓޮކެއް ލިބި، އަންނަ ހަފުތާގެ ތެރޭގައި ޕާސްޕޯޓު ދޫކުރުމުގެ ހިދުމަތް އާންމު ހާލަތަށް ރުޖޫއަވާނެ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފިއެވެ.
ޖަރުމަންވިލާތުގެ ކުންފުނީގެ ޕްރިންޓިން މެޝިންތަކަށް ދިމާވި މައްސަލައަކާ ގުޅިގެން ޕާސްޕޯޓު ބުކްލެޓް ސްޓޮކް ލިބުން ލަސްވުމުގެ ސަބަބުން، މިދިޔަ އޮގަސްޓު މަހުގެ 28 ވަނަ ދުވަހުން ފެށިގެން އިމިގްރޭޝަނުން ވަނީ ޕާސްޕޯޓު ދޫކުރުމުގެ އުސޫލަށް ވަގުތީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން، މުއްދަތު ހަމަވެފައިވާ ޕާސްޕޯޓުތަކުގެ މުއްދަތު 2027 ޖޫން 30 އާ ހަމައަށް ހިލޭ އިތުރުކޮށްދިނުމާއި، އިންޑިއާ އަދި ސްރީލަންކާ ފަދަ ޤައުމުތަކަށް ކުރު މުއްދަތަށް ދަތުރުކުރާ ފަރާތްތަކަށް އެއް އަހަރުގެ މުއްދަތަށް ބޭނުންކުރެވޭ އަށް ސަފުހާގެ އިމަޖެންސީ ޕާސްޕޯޓެއް ދޫކުރަން ވަނީ ފަށާފައެވެ.
ސްޓޮކް ލިބުމުގައި މަހެއްހާ ދުވަހުގެ ލަސްވުމެއް އައި ނަމަވެސް، އިމިގްރޭޝަނުން މިހާރު އިއުލާނުކޮށްފައިވަނީ އަންނަ ހަފުތާގައި އައު ސްޓޮކް ލިބުމާއެކު، އާންމު އުސޫލުން ޕާސްޕޯޓު ދޫކުރުމުގެ ހިދުމަތް ފުރިހަމައަށް ފެށިގެންދާނެ ކަމަށެވެ.
މި ލިޔުން ކިޔާލުމުން



