ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވަކިކުރުމުގެ ބާރު ސީދާ ރައްޔިތުންނަށް ލިބޭ ގޮތަށް ޤާނޫނު އިސްލާޙުކުރުމަށް ގޮވާލައި ހުށަހެޅި ޕެޓިޝަނާ ގުޅިގެން، އެފަދަ ބިލެއްގެ މަސައްކަތް އެޓާނީ ޖެނެރަލް އޮފީހުން ކުރިއަށް ގެންގޮސްފައިވާ ހިސާބެއް އޮޅުންފިލުވުމަށް މަޖިލީހުގެ ޕެޓިޝަން ކޮމިޓީން ނިންމައިފިއެވެ.
މިގޮތަށް ނިންމީ ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން މަރުޒޫޤު ހުށަހެޅުއްވި ހުށަހެޅުއްވުމަކަށް ކޮމިޓީގެ އިއްތިފާޤުންނެވެ. އޭޖީ އޮފީހުން މައުލޫމާތު ސާފުކުރުމަށްފަހު، މި ޕެޓިޝަނާމެދު ކޮމިޓީން ގޮތެއް ނިންމާނެއެވެ.
އަމިއްލަ ފަރާތަކުން ހުށަހަޅައި 1,540 މީހުން ސޮއިކޮށްފައިވާ މި ޕެޓިޝަންގައި ބުނެފައިވަނީ، މަޖިލިސް މެންބަރުން ތަމްސީލުކުރަނީ ސީދާ އެ ދާއިރާއެއްގެ ރައްޔިތުން ކަމަށްވާތީ، މެންބަރަކު ގޮނޑިއާ ދުރަށްލުމުގެ ބާރު އޮންނަންޖެހޭނީ އެ މެންބަރަކު ހޮވި ރައްޔިތުންގެ އަތުގައި ކަމަށެވެ. އެހެންކަމުން، ދާއިރާގެ ކަނޑައެޅޭ އިންސައްތައެއްގެ ރައްޔިތުން އެދިއްޖެނަމަ މެންބަރު ވަކިކުރުމުގެ "ރިކޯލް ވޯޓެއް" ބޭއްވޭގޮތަށް ގާނޫނުތައް އިސްލާޙުކުރުމަށް ޕެޓިޝަންގައި ވަނީ ގޮވާލާފައެވެ.
ރައްޔިތުންގެ ރިކޯލް ވޯޓަކުން މަޖިލިސް މެންބަރުންނާއި ކައުންސިލަރުން ވަކިކުރެވޭ ގޮތަށް ގާނޫނަށް އިސްލާޙު ހުށަހަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވެސް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
މި ލިޔުން ކިޔާލުމުން



