މާލޭގައި ފުޅާ ދާއިރާއެއްގައި ބަނގުރާ ވިޔަފާރިކޮށް ދައުރުކުރާ ބޮޑު ނެޓްވޯކެއް އަތުލައިގެންފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުން ބުނީ، ލިބުނު ސިއްރު މަޢުލޫމާތަކާ ގުޅިގެން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ހ. މާދޫގޭގެ ފުރަތަމަ އަދި ފަސްވަނަ ފަންގިފިލާ ބަލައި ފާސްކޮށް، ގިނަ އަދަދެއްގެ ބަނގުރާ ހޯދާފައިވާ ކަމަށެވެ.
ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު މުސްލިމް ވިދާޅުވީ، މި އޮޕަރޭޝަން ފެށީ ރޭ ކަމަށެވެ. މާލޭގެ އެކި ސަރަހައްދުތަކަށް ބަނގުރާ ފޯރުކޮށްދެމުންދާ ކަމުގެ މަޢުލޫމާތު ލިބިގެން، ކައުންޓަރ ނާކޮޓިކްސްއާއި އިންޓެލިޖެންސް ގުޅިގެން މި އޮޕަރޭޝަން ހިންގި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މި އޮޕަރޭޝަން މިއަދުވެސް ކުރިއަށްދާއިރު، އޮޕަރޭޝަން ނިމުމުން އެކަމާ ގުޅޭ ތަފްސީލު ހިއްސާކުރާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި ލިޔުން ކިޔާލުމުން



