ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ރާއްޖޭގެ އަތޮޅުތަކުގައި "ސަރުކާރުގެ ޚިދުމާތު މަރުކަޒު" ތަކުގެ ނަމުގައި މަރުކަޒުތަކެއް މިއަދު އުފައްދަވައިފިއެވެ. ޤާނޫނުއަސާސީގެ 116ވަނަ މާއްދާގެ (ހ)އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވައި އިޚުތިޔާރުގެ ދަށުން އުފެއްދެވި މި މަރުކަޒުތައް ހިނގަމުންދާނީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީގެ ދަށުންނެވެ. ރައީސް އޮފީހުގެ ދެންނެވުން ނަންބަރު 2026/16 އިން…