ދީނީ ކަންކަމަށް ހޭދަކުރުމަށް ވަޤުފުތައް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުފެއްދެވި "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓް ލިމިޓެޑް" ގެ ޑިރެކްޓަރުންގެ ބޯޑަށް ހަތް ބޭފުޅަކު މިއަދު އައްޔަންކުރައްވައިފިއެވެ.
މި ކުންފުނީގެ ބޯޑުގެ ޗެއާޕާސަންގެ މަޤާމަށް އައްޝައިޚް އިއްޒައްދީން އަދުނާން އައްޔަންކުރައްވާފައިވާއިރު، މެނޭޖިން ޑިރެކްޓަރަކަށް ހަމަޖައްސާފައިވަނީ ޔާމީން އިދްރީސްއެވެ. މީގެ އިތުރުން ބޯޑަށް އައްޔަންކުރެއްވި ފަސް މެންބަރުންނަކީ ހުސައިން ޝާމް އާދަމާއި، ޑރ. މުޙައްމަދު ޝުޖާއުއާއި، މަރްޔަމް ނިހާޔަތާއި، އަބްދުﷲ އަލީގެ އިތުރުން މުޙައްމަދު ހިލްމީއެވެ.
ދިވެހިރާއްޖޭގެ ކުންފުނީގެ ޤާނޫނުގެ ދަށުން މިދިޔަ ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހު އުފެއްދި މި ކުންފުނީގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަޤުފުތައް ބިނާކޮށް ބެލެހެއްޓުމާއި، ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް މިސްކިތްތައް ބިނާކޮށް މަރާމާތުކޮށް ތަރައްޤީކުރުމުގެ މަސައްކަތްތައް ހިމެނެއެވެ. އަދި އިސްލާމީ ޝަރީޢަތް ހުއްދަކުރާ ވިޔަފާރީގެ ހަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށް ކުރަންޖެހޭ މަސައްކަތްތައް ވެސް މި ކުންފުނިން ކުރާނެއެވެ.
މި ލިޔުން ކިޔާލުމުން



