މާލެ އޭރިއާގައި މަސައްކަތްކުރާ ފުލުހުންނަށް ކުލައާއި މެޑަލް ހަވާލުކުރުމުގެ ޚާއްޞަ ރަސްމިއްޔާތެއް މިއަދު އިސްކަންދަރު ބިލްޑިންގގައި ބާއްވައިފިއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތުގައި، މާލެ އޭރިއާގައި މަސައްކަތްކުރާ 130 ފުލުހަކަށް ކުލަ އަދި 86 ފުލުހަކަށް މެޑަލް ހަވާލުކޮށްފައިވެއެވެ. މީގެ އިތުރުން، އަތޮޅުތެރޭގައި މަސައްކަތްކުރާ 40 ފުލުހަކަށް ކުލައާއި 49 ފުލުހަކަށް މެޑަލް ހަވާލުކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ ވަނީ ކުލައާއި މެޑަލް ލިބުނު ފުލުހުންނަށް މަރުޙަބާ ދަންނަވައި، އިޚްލާޞްތެރިކަމާއެކު ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ދެމިތިބުމަށް އެދިވަޑައިގެންފައެވެ. މި ރަސްމިއްޔާތުގައި ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ލިޔުން ކިޔާލުމުން



