އަށް އަހަރުގެ މެދުކެނޑުމަކަށްފަހު އެފްއޭއެމްއިން ބޭއްވި އެވޯޑު ހަފުލާގައި، މިދިޔަ ސީޒަނުގެ އެންމެ މޮޅު ފިރިހެން ފުޓުބޯޅަ ކުޅުންތެރިޔަކަށް މާޒިޔާގެ އަޙްމަދު އައިހަމް (ފަތޯ) އަދި އެންމެ މޮޅު އަންހެން ކުޅުންތެރިޔަކަށް ޤައުމީ ޓީމުގެ ކުރީގެ ކެޕްޓަން ފާތިމަތު ޝާލިޔާ ހޮވިއްޖެއެވެ.
މާޒިޔާއާއެކު ލީގު ކާމިޔާބުކުރުމުގައި މުހިންމު ދައުރެއް އަދާކުރި އައިހަމްގެ އިތުރުން، ދެވަނައަށް އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމާއި ރަން ބޫޓު 22 ގޯލާއެކު ހޯދީ ޢަލީ ފާސިރު (ސެންޓޭ) އެވެ. ތިންވަނަ އަދި ސަޕޯޓަރުންގެ އެންމެ މަޤުބޫލު ކުޅުންތެރިޔާއަށް ހަމްޒާ މުޙައްމަދު (ހަމްޕު) ހޮވުނުއިރު، އެންމެ މޮޅު ކޯޗަކަށް ހޮވުނީ މާޒިޔާގެ ކޯޗު ލުއިސްމާ ހެނާންޑޭޒްއެވެ.
އެވޯޑު ހަފުލާގެ މުހިންމު ނަތީޖާތައް:
- އެންމެ މޮޅު ކީޕަރު: މުޙައްމަދު ފައިސަލް (ނިއު ރޭޑިއަންޓް)
- އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާ: ގޮމޭޒް ޑަ ސިލްވާ (ނިއު ރޭޑިއަންޓް)
- އެންމެ ޒުވާން ކުޅުންތެރިޔާ: މުޙައްމަދު އިލާން އިމްރާން (މާޒިޔާ)
- އެންމެ މޮޅު ކްލަބު: މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން
- އެންމެ މޮޅު ރީޖަނަލް ކްލަބު: ބިސް ބުރު ސްޕޯޓްސް ކްލަބު
މި ހަފުލާގައި ސާފް ފުޓްސަލް ޗެމްޕިއަންޝިޕާއި ސައުތު އޭޝިއަން ސުޕަ ކަޕް ކާމިޔާބުކުރި ޓީމުތަކުގެ އަގުވަޒަންކޮށް ޚާއްޞަ އެވޯޑު ދީފައިވެއެވެ.
މި ލިޔުން ކިޔާލުމުން



