ކ. އަތޮޅު ރިސޯޓެއްގައި މިއަދު މޫދަށް އެރި އުޅެނިކޮށް ގެނބުނު ޗައިނާގެ ދެ ފަތުރުވެރިއަކު ހުޅުމާލެ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް، ފަރުވާދޭން ފަށައިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ މި ހާދިސާގައި ގެނބިފައިވަނީ ޗައިނާއަށް ނިސްބަތްވާ އުމުރުން 28 އަހަރުގެ ފިރިހެނަކާއި 29 އަހަރުގެ އަންހެނެއް ކަމަށެވެ.
Advertisement
ހާދިސާ ހިނގުމާއެކު އެ ދެ މީހުން ވަގުތުން ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، މިހާރު ދެ ފަތުރުވެރިންގެ ހާލު ރަނގަޅު ކަމަށް ފުލުހުންނަށް މައުލޫމާތު ލިބިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން އަންނަނީ މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންނެވެ.
މި ލިޔުން ކިޔާލުމުން



