މިޑް އިންޑިއަން ރިޖަށް ބިންހެލުމެއް އައިސްފައިވާކަމާއި، ރާއްޖެއަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ބުނެފިއެވެ.
މެޓުން ބުނީ، އިންޑިއާ ކަނޑުގެ މެދުތެރޭގައިވާ ސަރަޙައްދަކަށް މިއަދު ހަވީރު 5.2 މެގްނިޓިއުޑްގެ ބާރުމިނުގައި ބިންހެލުމެއް އައިސްފައިވާ ކަމަށެވެ. މި ބިންހެލުން އައިސްފައިވަނީ ހަވީރު 4:28 ގައި ކަމަށްވެސް މެޓުން ބުނެފައިވެއެވެ.
Advertisement
މެޓުން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި ބިންހެލުން އުފެދުނު ސަރަޙައްދަކީ ރާއްޖޭގެ އެންމެ ދެކުނުން އޮންނަ އައްޑޫ ސިޓީއާ ގާތްގަނޑަކަށް 1،245 ކިލޯމީޓަރު ދުރުގައި އޮންނަ ހިސާބެކެވެ.
ބިންހެލުން އައި ސަރަޙައްދު ރާއްޖެއާ ދުރުގައި އޮތުމުގެ ސަބަބުން، މި ބިންހެލުމުގެ ސީދާ އަސަރު ދިވެހިރާއްޖެއަށް ނުކުރާނެ ކަމަށް މެޓުން ޔަޤީންކޮށްދީފައިވެއެވެ.
މި ލިޔުން ކިޔާލުމުން



